ދިވެހިރާއްޖެ
މިއޮތޯރިޓީ އަށް ކޮންޓްރެކްޓް އުސޫލުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް، ތިރީގައިވާ މަޤާމަށް މީހަކު ބޭނުން ވެއެވެ.
ބޭނުންވާ އަދަދު : 01 (އެކެއް)
މަޤާމް: އެސިސްޓެންޓް މެނޭޖަރ/ މާކެޓް ރެގިއުލޭޝަން އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް
މުސާރަ އާއި އެލަވަންސް/ މަހަކު : -/14,500ރުފިޔާ އާއި -/16,000ރުފިޔާ އާ ދެމެދު
ޢިނާޔަތް:
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100ރުފިޔާ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭނެއެވެ.
މަޤާމުގެ ޝަރުޠު:
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ބިޒިނަސް، އެކައުންޓިންގ، ފައިނޭންސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، އެކަށީގެންވާ ވަޒީފާއަކަށް ހަމަޖެއްސިދާނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި އެހީތެރިވެދިނުން
- ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގައި އެހީތެރިވެދިނުން.
- ކެޕިޓަލް މާރކެޓް ރެގިޔުލޭޓްކޮށް ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ރެގިޔުލޭޓަރީ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި ޓެކްނިކަލް ސަޕޯޓްދިނުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް
ނޯޓު:
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
5 ޛުލްޤަޢިދާ 1442
15 ޖޫން 2021