ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ޖޫން 2021 09:29 ގައި ބާތިލް ކުރެވިފައެވެ.
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ކޯޓުގެ އެތެރެއަށް ބަދަލުގެނެސް އިތުރު ކޯޓްރޫމްއަކާއި، މެޖިސްޓްރޭޓް މަސައްކަތްކުރާ ކޮޓަރިއެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އެކޯޓުގެ ނަންބަރު H12C-A/2021/04 (31 މޭ 2021) އިޢުލާނަށް އެއްވެސް ފަރާތަކުން މައުލޫމާތު ދިނުމުގެ ސެޝަންއަށް އިއުލާނުގައިވާ ގަޑިއަށް ހާޟިރުވެފައިނުވާތީ މި އިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖޫން 20 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2021 ޖޫން 21 ވާ ހޯމަ ދުވަހުގެ 13:30 އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން 2021 ޖޫން 29 ވާ އަންގާރަ ދުވަހުގެ 14:00އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ. އަދި ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ޝީޓްގެ 3 ވަނަ ޕޮއިންޓުގައިވާ ބީލަމަށް ކުރިމަތިލެވޭ ފަރާތްތަކުގައި ހުންނަޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ޝީޓް، ކުރެހުން އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.