މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2021/16
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 22 ޖޫން 2021 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒާއި އދ. އޮމަދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ހޯދުން

އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒާއި އދ. އޮމަދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް  އދ. އަތޮޅު ހޮސްޕިޓަލުގެ ލެބޯޓްރީއަށް ގެނެސްދިނުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 14 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] ނުވަތަ[email protected]  ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.    

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖޫން  2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒު ނުވަތަ އދ. އޮމަދޫ ޞިއްޙީމަރުކަޒު ނުވަތަ އދ. އަތޮޅު ހޮސްޕިޓަލު ގައެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޖޫން 2021