މަސައްކަތް
ނަންބަރު: (IUL)425-A2/1/2021/72
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 20 ޖޫން 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމާލެ ސަހަރާގެ އިރު ދެކުނު ފަރާތުގައި، ޣައިރު މުސްލިމުން ވަޅުލުމަށް ހަމަޖެހިފައިވާ ތަނުގެ އިން ވަކި ކުރުމަށް ފާރެއް ރޭނުމަށް ބޭނުންވާތީ މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހުޅުމާލެ ސަހަރާގެ އިރު ދެކުނު ފަރާތުގައި، ޣައިރު މުސްލިމުން ވަޅުލުމަށް ހަމަޖެހިފައިވާ ތަނުގެ އިން ވަކި ކުރުމަށް ފާރެއް ރޭނުމަށް ބޭނުންވާތީ މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް

ހުޅުމާލެ ސަހަރާގެ އިރު ދެކުނު ފަރާތުގައި، ޣައިރު މުސްލިމުން ވަޅުލުމަށް ހަމަޖެހިފައިވާ ތަނުގެ އިން ވަކި ކުރުމަށް ފާރެއް ރާނަންޖެހޭތީވެ މިކަންކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.  

  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 24 ޖޫން 2021 ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  • މިއިޢުލާނާއެކު މައުލޫމާތު ކަރުދާހާއި، ކުރެހުން އެޓޭޗްކުރިފައިވާ ވާހަކަ ދަންނަވަމެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   - ޕްރޮކިއުމަންޓް ސެކްޝަން

   - މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

   - އަމީނީމަގު، މާލެ، ދިވެހިރާއްޖެ

   - ފޯން: 3323902

   - އީމެއިލް: [email protected]

                                      04 ޛުލްޤައިދާ 1442

14 ޖޫން 2021