ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/42
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 30 ޖޫން 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިން ގޯތި ދޫކުރުމަށް އެކުލަވާލޭ ކޮމެޓީ އަށް މެމްބަރުން ހޯދުން.

ގދ.ހޯނޑެއްދޫ އިން ގޯތި ދޫކުރުމަށްޓަކައި މިކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގޯތި ދޫކުރުމަށްޓަކައި ކަމާއިބެހޭ އެންމެހައި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައި މިހާރުވަނީ ނިމިފައެވެ. އަދި ގޯތި ކޮމެޓީ އެކުލަވާލެވިފައި ވީނަމަވެސް އެ ކޮމެޓީގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކާއި ޢާއިލީގޮތުން ގާތްމީހުން ތިބުމާއިއެކު އެކަން ޙައްލުކޮށް ވީހާވެސް ދެފުށްފެންނަ ގޮތަކަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކައުސިލުން ބޭނުންވާތީ، ގޯތި ދޫކުރުމަށް އެކުލަވާލެވުނު ކޮމެޓީ މުރާޖާކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން އާންމުންގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ 05 މެމްބަރަކު ގޯތި ކޮމެޓީ އަށް ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮމެޓީގެ މަސައްކަތް 01 މަސްދުވަހުން ނިންމަން އަމާޒުހިފައި ކޮމެޓީ އަށް އިޢުލާންކޮށްގެ ނަގާ 05 މެމްބަރުންނަށް އެލަވަންސް އެއްގެގޮތުން -/750ރ(ހަތްސަތޭކަ ފަންސާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 2021 ޖޫން 30 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އާއިއެކު އެމީހެއްގެ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

މެމްބަރުކަމަށް އެދޭމީހާގެ ޝަރުތުތައް:

  1. އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
  2. ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL)417-ESMS/417/2019/74 (22 ސެޕްޓެމްބަރ 2019) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއް ކަމުގައި ނުވުން.
  3. ގްރޭޑް 10 ނިންމާފައިވުން.
  4. ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL)417-ESMS/417/2019/74 (22 ސެޕްޓެމްބަރ 2019) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއްގެ އާޢިލީ ގާތް މީހެއްކަމުގައި ނުވުން. (އާއިލީ ގާތް މީހެއްކަމަށް ބުނެފައި އެވަނީ، މެމްބަރުކަމަށް އެދޭމީހަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، މެމްބަރުކަމަށް އެދޭމީހާ ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެމީހާގެ މައިންބަފައިންނަށެވެ.)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖޫން 2021