ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
15 ޖޫން 2021 ވާ އަންގާރަ ދުވަހުން ފެށިގެން 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި |
މައުލޫމާތު ދިނުން |
20 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00 |
މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580029 އަށް ގުޅުއްވުން އެދެމެވެ.