ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)367/367/2021/71
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 23 ޖޫން 2021 13:30
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

14  ޖޫން 2021

ނަންބަރު:

(IUL)367/367/2021/71

މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ  ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 17 ޖޫން 2021 (ބުރާސްފަތި) ވަނަ ދުވަހުގެ 9:00 އާއި 21 ޖޫން 2021 (ހޯމަ) ވަނަ ދުވަހުގެ 13:00 އާއި ދެމެދު، މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި،ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް [email protected]އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް  21 ޖޫން 2021 (ހޯމަ) ވަނަ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

      މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 23 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:30 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

     މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

14 ޖޫން 2021