ދެންނެވުން
ނަންބަރު: (IUL)GS34/2021/09
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 22 ޖޫން 2021 12:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
2021ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

އިޢުލާން

 (IUL)GS34/2021/09 ނަންބަރު                                                     

 

2021ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

2021ވަނަ އަހަރުގެ ދިރާސީ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ބޭނުންވާ ބެލެނިވެރިންނަށް އެފުރުޞަތު ހުޅުވާލަމެވެ.

 

އެގޮތުން އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާން ކުރެވިފައި މިވަނީއެވެ.

 

ގުރޭޑް

2021ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ

އިސްތިސްނާ / އިތުރުބަޔާން

އެލް. ކޭ. ޖީ

 2021ޑިސެންބަރު 31 އަށް
5  އަހަރު ފުރޭ ދަރިވަރުން

ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ  ލިބޭނެއެވެ.

 

 މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ވެސް އެލް. ކޭ. ޖީ އިން ޖާގަ ލިބޭނެއެވެ.

 

 

     ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2021 ޖޫން  22 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށައެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް ސްކޫލު އޮފީހުގައެވެ.  އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6540059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

14 ޖޫން 2021