މަސައްކަތް
ނަންބަރު: (IUL)GS-51/INDIV/2021/15
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 17 ޖޫން 2021 14:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތް

  1. މަދްރަސަތުލް އިފްތިތާޙްގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 ޖޫން 13 ން 17 ޖޫން ގެ ނިޔަލަށް  މަދްރަސާއަށް ދުރުވެ ނުވަތަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2021  ޖޫން 17 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖޫން 17 ވަނަ ދުވަހުގެ 13:00 ގައި މިމަދްރަސާގެ މީޓިންގ ރޫމްގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2021 ޖޫން 21 ވަނަ ދުވަހުގެ 13:00ގައި މަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ފޯން: 6620288
  • އީމެއިލް: [email protected]

މި މަސައްކަތާއި ބެހޭގޮތުން ކުރެވުނު ނަމްބަރ (IUL)GS-51-Dpt-101/INDIV/2021/6 އިއުލާނާއި ގުޅިގެން ހުށަހެޅި އެސްޓިމޭޓްތައް މަދުކަމުން އެ އިއުލާނު ބާތިލް ވީއެވެ.

14 ޖޫން 2021