ކުއްޔަށް ދިނުން
ނަންބަރު: (IUL)253/253/2021/35
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 24 ޖޫން 2021 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ

ބަނދަރުގައި ހުރި ރުއްތައް ވަރުވާ އަށް ދޫކުރުމާ ގުޅޭ

 

މި ރަށު ބަނދަރުގައި ހުރި ފޯއްދުނު 27 ރުކާއި ނުފޯއްދޭ 9 ރުއް ވަރުވާއަށް ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ނިންމާފައިވަނީ ރުއްތައް ވަރުވާއަށް ހިފުމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭން އެންމެބޮޑު އަގެއް ހުށަހަޅާފަރާތަކަށެވެ. މި ރުއްތައް ވަރުވާއަށް ދޫކުރެވޭނީ މީލާދީގޮތުން3  އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މި ރުއްތައް ވަރުވާއަށް ވަރުވާއަށް  ނެގުމަށް އެދޭފަރާތްތަކުން 2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2021 ޖޫން 27 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާގެ ކޮންފަރެންސް ހޯލަށް ޙާޟިރުވެ ދެއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

4 ޛުލްޤައިދާ 1442

14  ޖޫން  2021

14 ޖޫން 2021