ދިވެހިރާއްޖެ
އއ. އުކުޅަހު ވޭސްޓް މެނޭޖްމެންޓް ސެންޓަރއަށް ގެނެވޭ ކުނިވާ ޒާތުގެ ތަކެއްޗާއި، އަޅި އަދި ބިއްލޫރި ފަދަ ތަކެތި ކައުންސިލުން ކަނޑައަޅާ އުސޫލަކާއި އެއްގޮތަށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާގައި ކުރިއަށް ދާނެއެވެ. ބިޑްގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭ ފަރާތްތަކުން އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް ([email protected]) ކުރެއްވެވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދެނެވީމެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.