މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/19
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 19:30
ސުންގަޑި: 20 ޖޫން 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޑިޒައިނިންގ، ކޮންސަލްޓެންސީ އަދި އީ.އައި.އޭގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ޢިއުލާން

 

 

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ބިލްޑިންގ އިމާރާތް ކުރުމަށް ބޭނުންވާ ޑިޒައިނިންގ، ކޮންސަލްޓެންސީ އަދި އީ.އައި.އޭގެ ޚިދުމަތް މި ހޮސްޕިޓަލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2021 އިން ފެށިގެން 20 ޖޫން 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް (އެނެކްސް 01 - 06އަށް)، އަގު ހުށަހަޅާ ފޯމް، ބިޑް ސިކިއުރިޓީ ފޯރމެޓް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ސެޝަން 21 ޖޫން 2021 ވާ ދުވަހުގެ 13:15 ގައި އޮންނާނެއެވެ. ސެޝަން ލިންކް ރެޖިސްޓްރޭޝަން ސުންގަނޑި ހަމަވުމުން ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
  5. އޮންލައިން ސެޝަނަށް ފަހު އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ޖޫން 2021 ވާ  ދުވަހުން ފެށިގެން 25 ޖޫން 2021 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
  6. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 07 ޖުލައި 2021 ވާ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
  7. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
13 ޖޫން 2021