މަސައްކަތް
ނަންބަރު: 116-F3/IL/2021/47
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 20 ޖޫން 2021 12:45
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ޕްރިޕެބްރިކޭޓެޑް ޕޯޓަރކެބިން އޮފީހެއް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"ޕްރިޕެބްރިކޭޓެޑް ޕޯޓަރކެބިން އޮފީހެއް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، މި ކުންފުނިން ދޭ މިންގަނޑު/ކުރެހުމާއި އެއްގޮތަށް 2 ބުރީގެ "ޕްރިޕެބްރިކޭޓެޑް ޕޯޓަރކެބިން އޮފީހެއް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޖޫން 20 ވާ އާދިއްތަދުވަހުގެ މެންދުރު 12:45 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 01 ،02 ،03 ނޫނީ 04 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

      ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ "އޮޕްޝަނަލް ސައިޓް ވިޒިޓް" 2021 ޖޫން 22 ވާ އަންގާރަދުވަހުގެ މެންދުރުފަހު 12:45 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖުލައި 04 ވާ އާދިއްތަދުވަހުގެ މެންދުރު 12:45 ގައެވެ. ބީލަންތައް ހުޅުވުމަށް   ހަމަޖެހިފައިވަނީ 2021 ޖުލައި 04 ވާ އާދިއްތަދުވަހުގެ މެންދުރު 12:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

13 ޖޫން 2021