ޢާންމު މަޢުލޫމާތު
ނަންބަރު: B/266/2021/60-(IUL)266
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 30 ޖޫން 2021 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސުމާއި ގުޅިގެން ލިބޭ އާންމު އުނދަގޫ ޝަކުވާތައް ކުޑަކުރުމާ ގުޅޭ އިލްތިމާސް

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވައިގަދަ ދުވަސްވަރަކަށްވާތީ ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި އަދި ގަސްގަހުގެ ބައިތައް ވެއްޓޭކަމުގެ ޝަކުވާ މި އިދާރާއަށް ގިނަ އަދަދަކަށް ހުށަހެޅެމުންދެއެވެ. އެހެންކަމުން އާންމު ފަރުދުންގެ ގޯތި ގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއި އެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތަށް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަމެވެ.

އަދި މީގެ އިތުރުން އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފާހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިތްގަނޑު ފަދަ ތަންތާ ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރު ކުރުމަށް އިލްތިމާސް ކުރަމެވެ.

މިފަދަ ކަންކަމުގައި ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާ ކުރައްވާ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

 

28 ޝައްވާލް 1442

09 ޖޫން 2021

 

 

 

09 ޖޫން 2021