ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/49
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:42
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި ގޯޅިތަކުގައި ހުރި ތަކެތި ނެގުމާގުޅޭ

އިޢުލާން

           ރަށުގެ ބައެއް މަގުތަކާއި ގޯޅިތަކުގައި، ކޮށިގަނޑު އަޅައިގެންނާއި އެހެނިހެން ގޮތްގޮތަށް އެކިބާވަތުގެ ގަސްތައް އިންދާ ހައްދަމުން ގެންދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ޝަކުވާ މިކައުންސިލަށް ލިބެމުން ދެއެވެ. އަދި ހަމަ މިއާއެކު ރަށުގެ އެމްބިއުލާންސަށް އެފަދަ މަގުތަކުން ދަތުރު ނުކުރެވި އެތައް ދަތިތަކެއް ދިމާވަމުން ދެއެވެ. އަދި ކައުންސިލުންދޭ މުނިސިޕަލް ޚިދުމަތްތަކުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގޭގެއިން ކުނި ނަގާ އުކާލުމުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ޕިކަޕް ދަތުރުކުރުމަށް ވެސް ވަރަށްބޮޑެތި ދަތިތަކެއް ދިމާވަމުން ދެއެވެ.

           މިކައުންސިލްގެ އަމާޒަކީ ، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ޤަވާޢިދާއި އުޞޫލުތަކާއި އެއްގޮތަށް ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ރަށުގެ މަގުތައް ހެދުމެވެ. މިގޮތުން، ޒަމާންވީ ނުރަގަޅު އާދައެއްގެ ސަބަބުން އެތައް ބަޔަކަށް ދިމާވާ ދަތިތައް ޙައްލުކޮށް ރަށުގެ މަގުތަކުގައި ހުންނަތަކެއްޗާއި ސާމާނު މަގުތަކުންނަގާ، މަގުތައް ސާފު ރަށަކަށް ހެދުމުގެ މަޤުޞަދުގައި މިކައުންސިލުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޤަޞްދުކުރާތީ، މިފަދަ ގޮތަކަށް މަގުތަކުގައި ހުރި ތަކެތި އަދި ކޮށިގަނޑުތައް ނަންގަވާ، ސާފުކުރެއްވުމަށް  އަންގާ އިލްތިމާސް ކުރަމެވެ.

           އަދި މުސްތަޤުބަލްގައި މިކައުންސިލުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެފަދަ ޢަމަލުތައް ކޮށްފައިވާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި  ގޯތިތަކުގެ ވެރިން ވިސްނުންތެރި ކަމާއެކު މަގުތައް ސާފުކޮށް ދެއްވުމަށް ދެންނެވީމެވެ.

13 ޖޫން 2021