ދިވެހިރާއްޖެ
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމަންޓް ޕްރޮޖެކްޓް (LAMP: P172631)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)22-E/22/2021/119 ތާރީޚް: 13 ޖޫން 2021
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-214490-GO-RFQ
ފަސްޓް އެއިޑް ކިޓް ގަތުމަށް ބޭނުންވެއްޖެ:
ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމަންޓް ޕްރޮޖެކްޓް" ގެ ފަރާތުން ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަސްޓް އެއިޑް ކިޓް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މައުލޫމާތު ސާފުކުރުން:
މިތަކެތި ފޯރުކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 2021 ޖޫން 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބުގެ އުސޫލު:
މި ތަކެތި ފޯރުކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ އަންދާސީ ހިސާބުގެ އުސޫލު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާނެއެވެ. މި އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. އަންދާސީ ހިސާބުގެ އުސޫލު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
މި ތަކެތި ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބުގެ އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:
މި ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކް ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
އަންދާސީ ހިސާބު އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:
ލޭމްޕް ޕްރޮޖެމްޓް މެނޭޖްމަންޓް ޓީމް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ، 20096
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]