ނީލަން
ނަންބަރު: (IUL)263/263/2021/34
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 23:14
ސުންގަޑި: 17 ޖޫން 2021 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން:

ނީލަން ކިޔުން:

 

       ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރުއްގަސް ނީލަންކިޔުން 2021 ޖޫން 17 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 13 ޖޫން 2021 ވާ އާދިއްތަ ދުވަހުން 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ރުއް ގަސް ކެނޑޭނީ ނީލަމުން ނަގާ ރުއްގަހުގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން ނީލަންފެށީއްސުރެން  އެދުވަހުގެ މެންދުރުފަހު 14:00 އަށް އަދި 2021 ޖޫން 20 ވަނަދުވަހުގެ 8:30 ން 14:00 އަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

 

             އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ރުއްގަސް ނީލަމުން ނަގާ އަދި ނީލަމުން ނެގި ރުއްގަހަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ރުއްގަހުގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 އިންސައްތަ ދައްކަވަންޖެހޭނެއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާ ރުއް ގަހުގެ މައުލޫމާތު

 

  1. ބޯޅަދަނޑުގެ ހުޅަނގުގައި ކަޅުކުލައިން ޖަހާފައިވާ (6,8,9,10,11,12,13,14,15,19,17,19,20,21,22,23,24,25,26,27,28,29,30,31,32,33,34,35,36,37,38,39,40,41,42,43,44,45,46,47,48,49,50 ) ނަންބަރު ރުއް

 

  1. ބޯޅަދަނޑުގެ ހުޅަނގުގައި ކަޅުކުލައިން ޖަހާފައިވާ ( 50 ) ނަންބަރު މިދިލި ގަސް

 

  1. ސަހަރާމަގުގެ ހުޅަނގުގައި ކަޅުކުލައިން ޖަހާފައިވާ ( 69,70,71,72,73,74,75,76,78,80,81,82,83,84,85 ) ނަންބަރު ރުއް

 

  1. ސަހަރާމަގުގެ ހުޅަނގުގައި ކަޅުކުލައިން ޖަހާފައިވާ ( 79) ނަންބަރު މިދިލި ގަސް

 

  1. ސާވަން ގޯތި ދެކުނުން ކަނޑާފައިވާ ނަންބަރ ( 18 އިން 27 ށް ރަތްކުލައިން ) – ރުއްބުރިތައް

 

  1. ސަހަރާ މަގު ހުޅަނގު ސަރަހައްދުގައި ނަންބަރ ( 1 އިން 17 ށް ރަތްކުލައިން ) – ރުއްބުރިތައް

 

 

 

 

v     ރުކެއް ނުވަތަ ގަހެއް ކަނޑާލުމުގެ ސަބަބުން އެތަނުގައި އުފެދުނު ބޭނުން ނުކުރެވޭ ތަކެއްޗާއި ކުނި އެތަނުން ނަގައި ރަށުކައުންސިލުން ކަނޑައަޅާފައިވާ ކުނި ކޮށީގެ ހާއްސަކުރެވިފައިވާ ސަރަހައްދަށް އެކުނިތައް އުކާލުމަށްފަހު އެތަން ރީތިކޮށް ސާފު ކުރަންވާނެއެވެ.

v     ރުކެއް ނުވަތަ ގަހެއް ކޮނެގެން ނެގި ވަޅުގަނޑަށް ފަސްއަޅާ ހަމަކުރުމަށްފަހު އެތަން ރީތި ކުރަންވާނެއެވެ. ކަނޑާލާ ކޮންމެ ރުކެއް އަދި ގަހެއް ކަނޑަންވާނީ ހަމަ ބިމަށްވުރެ 4 އިންޗި ތިރިން ކޮނެގެންނެވެ.

 

މިދެންނެވުނު ކަންކަމާއި ޚިލާފަށް ރުއްގަސް ކެނޑުމުގައި އަމަލު ކުރައްވާ ފަރާތްތަކާއިމެދެ ޤާނޫނު (ޤާނޫނު ނަންބަރު:7/2010 ގެ 143 ވަނަމާއްދާ) ގައި ވާގޮތުގެ މަތިން ފިޔަވަޅުއަޅޭނެ ވާހަކަ ދަންނަވަމެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

 

12 ޖޫން 2021