ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2021/18
އިއުލާން
އިލެކްޓްރިޝަނުން ތަމުރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލުން
ޔޫޓިޒް ކެރިއަރ ޓެކް އިންސްޓިޓިއުޓާ ކުމުންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން" ކޯހެއް ކުމުންދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
- 1. ކޯހުގައި ބައިވެރިވުމުގެ ފެންވަރު ނުވަތަ ޝަރުޠު:
ހ. އަސާސީ ތަޢުލީމު ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ،
ށ. ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް 2 ހާޞިލްކޮށްފައިވުން.
- 2. ކޯހުގެފީ:
- މަހަކު 1800ރ
- ޓިވެޓް އެސެސްމެންޓް ފީ 1000ރ
- 3. ކޯހުގެ މުއްދަތު:
- 3 މަސްދުވަސް
ވީމާ، މިކޯހުގައި ބައިވެރިވުމަށްޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަންފޯމް މިއިދާރާއަށް ހުށައެޅުއްވުންއެދެމެވެ. އެޕްލިކޭޝަންފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެއެވެ. އެޕްލިކޭޝަންފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 17 ވަނަ ދުވަހުގެ 14:00 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޔޫ.ސީ.ޓީ.އައި ގެ ނަންބަރު 9661001 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 ޝައްވާލު 1442ހ