ޢާންމު މަޢުލޫމާތު
ނަންބަރު: D13C-A/2021/03
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 29 ޖޫން 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާއި ގުޅޭ

އިޢުލާން

                          މިކޯޓުގެ ނަންބަރ D13C-A/2021/01 އިޢުލާނާއި ގުޅިގެން ދޫކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ބައެއް މައުލޫމާތު ހިމެނިފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުހުރި ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ޖޫން 17 ވަނަ ދުވަހުގެ 11:00 އަށް ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ޖޫން 29 ވަނަ ދުވަހުގެ 11:00އަށް،  އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރ:2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

10 ޖޫން 2021