ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2020/12
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 31 އޮގަސްޓް 2021 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
މުއްދަތުަހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު 31 އޯގަސްޓް 2021 ގެ ނިޔަލަށް އިތުރުކުރުމާ ގުޅޭ

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީވެ، އެކަން  ކޮންޓްރޯލް ކުރުމުގެގޮތުން  ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެ ކާޑު އާކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، އަދި ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް މިޑިޕާޓްމަންޓަށް ފެނެއެވެ.

ވުމާއެކު ކާޑުގެ މުއްދަތު 31 އޯގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

އަދި ޢާންމު ރައްޔިތުންނަށް ޚިދުމަތް ދެއްވާ އެންމެހާ މުވައްސަސާ ތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި މި އިޢުލާނަށް ރިޢާޔަތް ކުރައްވައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ދެންނެވީމެވެ.

މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް މިހާރެކޭވެސް އެއްފަދައިން ގްރޭޓަރ މާލެ އޭރިޔާގައި ދިރިއުޅުއްވާ ފަރާތްތަކާއި އަދި ރިސޯޓްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅުއްވޭނެ ވާހަކަވެސް ދަންނަވަމެވެ.

10 ޖޫން 2021