ނީލަން
ނަންބަރު: (IUL)GS08/2021/14
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 07:22
ސުންގަޑި:
20 ޖޫން 2021 10:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ
މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ތިރީގައިވާ ތަކެތި ނީލަމުގެގޮތުގައި ވިއްކާލަން ބޭނުންވެއެވެ.
- 2 ކޮމްޕިއުޓަރ ( ޑެލް)
- 9 ޔޫ.ޕީ.އެސް
- 5 ވައިޓް ބޯޑް
- 8 ޓީވީ ( ސެމްސަންގ ޕްލާސްމާ)
- 1 އިލެކްޓްރިކް ކެޓުލް
- 1 ޓޯސްޓަރ
- 1 ކޮފީ މޭކަރ
- 1 ޕްރިންޓަރ (ޑެލް)
- 68 ޕްލާސްޓިކް ގޮނޑި
- 1 ލޮކަރ
މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައިމިވަނީއެވެ.
- ނީލަންކިޔުން އޮންނާނީ 20 ޖޫން 2021 ވާ އަންގާރަ ދުވަހު 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
- ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
- ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
- ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
- ނީލަން ނިމޭތާ 1 ގަޑި އިރުތެރޭ ނީލަން ލިބުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
- ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ހަމަ އެ ދުވަހު ނީލަން ނިމުމުން އެ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500014 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
10 ޖޫން 2021