ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/38
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 22:33
ސުންގަޑި: 08 އޮގަސްޓް 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫގެ އަލައޮޅުތަކުގެ ދަފުތަރު އެކުލަވާލުން:

ގދ.ހޯނޑެއްދޫގައި އަލައޮޅު ހައްދަމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އަލައޮޅުތަކުގެ ދަފުތަރު އެކުލަވާލުމަށް މިކައުންސިލުން ބޭނުންވާތީ، އަލައޮޅުތައް ހައްދަމުންގެންދާ ފަރާތްތަކުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް ގައިވާ މަޢުލޫމާތު ފުރިހަމަކޮށް 2021 އޯގަސްޓް 08 ވަނަ ދުވަހުގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައި އެކަން އެންގެވުން އެދެމެވެ. މި ފޯމް ރަސްމީ ގަޑީގައި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖޫން 2021