މުބާރާތް
ނަންބަރު: (IUL)177/1/2021/14
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 01 ޖުލައި 2021 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ހަޖިބޭލި އިންޓަރނޭޝަނަލް ކޮމްޕޮސިޝަން ކޮމްޕެޓިޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު

އަޒަރްބައިޖާންގެ ފައުންޑަރ އޮފް ކްލެސިކަލް މިއުޒިކް އުޒޭރް ހަޖިބޭލިގެ މިއުޒިކް އަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ހަޖިބޭލި އިންޓަރނޭޝަނަލް ކޮމްޕޮޒިޝަން ކޮންޕެޓީޝަން" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިމުބާރާތުން ވަނަވަނަ އަށްދާ ފަރާތްތަކަށް ފައިސާގެ އިނާމުދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނަވަނަ އަށް ހޮވޭ ފަރާތްތައް އިޢުލާންކުރާނީ 18 ސެޕްޓެމްބަރ 2021 ގައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 1 ޖުލައި 2021 އެވެ. މިމުބާރާތާއިގުޅޭ އިތުރު މަޢުލޫމާތު https://nmgcs.co/competition-about/ އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި 2021 ގެ ކުރިން https://nmgcs.co/competition/ އަށް ހުށަހެޅުއްވައި އެކަން މިސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ. މިމުބާރާތާއިބެހޭ މަޢުލޫމާތު އެޓޭޗް ކުރެވިފައިވާނެއެވެ.

09 ޖޫން 2021