މަސައްކަތް
ނަންބަރު: (IUL)262/262/2021/25
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 15 ޖޫން 2021 11:30
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯކްސްޓޭޝަން ޕާޓިޝަންއާއި މޭޒު، ގޮނޑި، ޕެޑަސްޓަލް ސަޕްލައިކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

 

އިޢުލާން

 

ވޯކްސްޓޭޝަން ޕާޓިޝަންއާއި މޭޒު، ގޮނޑި، ޕެޑަސްޓަލް ސަޕްލައިކޮށްދީ އަދި އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

 

 

 

މި އިދާރާއިން ދޭ މަޢުލޫމާތާއި ނަމޫނާއި އެއްގޮތަށް، މުވައްޒަފުންގެ ވޯކްސްޓޭޝަންތައް ޤާއިމްކުރުމަށް ބޭނުންވާ ޕާޓިޝަން، މޭޒު، ގޮނޑި އަދި ޕެޑެސްޓަލް ހޯދުމަށް ބޭނުންވެއެވެ. ޕާޓިޝަންތައް ހަދަންޖެހޭގޮތުގެ ކުރެހުންތަކާއި މޭޒު، ގޮނޑި، އަދި ޕެޑަސްޓަލްގެ ސްޕެސިފިކޭޝަން  މިއިއުލާނާއި އެއްކަރުދާށް ކުރެވިފައިވާނެއެވެ.

 

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދީ އަދި އިންސްޓޯލް ކުރުމަށް    ޝަޢުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:30 ކުރިން (https://forms.gle/5zbPXG3qgY4D9kNt7) މިލިންކުގައިވާ މައުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. އަދި 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ނުފުރާ ފަރާތްތަކުންނާއި މުއްދަތު ހަމަވުމުގެ ފަހުން ފޯމް ފުރިހަމަކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅެނީ ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.

މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ޝައްވާލު 1442

08 ޖޫން 2021