ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/262/2021/27
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން މަނާކުރުން:

ިޢުލާން

 

ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން މަނާކުރުން:

 

            ވަލުތެރޭގައިވާ ބޮޑެތި މިދިލަގަހާއި އެނޫންވެސް ގަސްގަހަށާއި ރުއްތަކުގައި އަލިފާންރޯކޮށް، ކެނޑުމަށްފަހު، ރަށުގެ ވަލުތެރޭގައާއި މަގު މަގުގެ ކައިރީގައި މަގަށް އަރާގޮތަށް، ކެޔޮގަހާއި ބަބުކެޔޮ ގަސް އިންދުމަށް ވަޅުކޮނެ، މުޅިރަށުގެ ތިމާވެށި ހަލާކުވެފައިވާކަންވަނީ ކައުންސިލްގެ ސަމާލުކަމަށް އައިސްފައެވެ. ވީމާ، ހުއްދަނެތި ވަލުތެރޭގައި ހުންނަ ރުއްގަސް ކަނޑާ، އެތަންތަނުގައި ވަޅުކޮނެ އެއްވެސް ބާވަތެއްގެ ގަހެއް އިންދުމަކީ މިއަދުންފެށިގެން މުޅިން މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި ތިމާވެއްޓައް ގެއްލުންވާ ގޮތަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤަވާއިދު ނަންބަރު 2011/R-9 "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ދަށުން ފިޔަވަޅުއެޅޭނެވާހަކަވެސް ދެންނެވީމެވެ. އަދި އެގޮތަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލަށް ހިއްސާކޮށްދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދެމެވެ.

            މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

09 ޖޫން 2021