ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2021/39
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:05
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 4 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
9 ޖޫން 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
11:05 |
ނިންމުންތައް
- ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ ހުށަހެޅިފައިވާގޮތައް ފާސްކުރެވުނު.
- ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ނާއިބު ރައީސްގެ ގޮތުގައި ތ. ވަންދޫ ނޫކޮކާގެ، ޙުސައިން ޢަފީފު އިންތިޙާބުކުރެވުނު.
- ވަންދޫ އައިލަންޑް ސޮސައިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާސްތައް ކުރިޔައްގެންދިއުމަށް އިދާރާގެ ބަޖެޓުން -/1500 (ފަނަސަތޭކަ) ރުފިޔާ ހަދިޔާކުރުމަށް ނިންމުނު.
- ކައުންސިލްގެ ބޭންކު އެކައުންޓުތައް އޮޕަރޭޓްކުރުމާއިގުޅޭ ޤަރާރު ފާސްކުރެވުނު.
- 2021 ވަނަ އަހަރު ވަންދޫގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭގޮތުން ނިންމާފައިވާ ނިންމުން ބާތިލުކޮށް 2021 ވަނަ އަހަރު އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ބަޖެޓެއްގެ ގޮތުގައި ކޮންމެ މީލާދީ މަހަކަށް -/14000 (ސާދަހާސް) ރުފިޔާ ކަމުގައި ކަނޑައަޅައި މިމަސައްކަތް ކޮށްދޭނޭ ފަރާތްތައް ހޯދުމަށް އަލުން އިޢުލާނުކުރުމަށް ނިންމުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
09 ޖޫން 2021