ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)179-3.2/1/2021/19
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 24 ޖޫން 2021 10:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
6 ލެޕްޓޮޕް ގަތުމަށް

މި އޮތޯރިޓީގެ ނަންބަރު: IUL)-179-3.2/1/2021/4  އިޢުލާނުން 6 ލެޕްޓޮޕް ގަތުމަށް، 10 ފެބްރުއަރީ 2021  ގައި ހުޅުވާލި ފުރުސަތާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ އެ ތަކެތި ގަތުމަށް އެދި އަލުންހުޅުވާލުން.

 

މި އޮތޯރިޓީއަށް 6 ލެޕްޓޮޕް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ.

 

މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލާއި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓޭޗްމަންޓްގައި އެވަނީއެވެ. 

އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

 

އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހު ހެދުނު 09:45 އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                  

3 ވަނަ ފަންގިފިލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3336619

  

27 ޝައްވާލް  1442

8 ޖޫން  2021

08 ޖޫން 2021