ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-B/141/2021/155
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 10 ޖޫން 2021 12:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޔޫރޯ 2020 އަށް ޕްރޮޖެކްޓަރ ދޫކުރުމާ ގުޅޭ

                            އިޢުލާން

ޔޫރޯ 2020 އަށް ޕްރޮޖެކްޓަރ ދޫކުރުމާ ގުޅޭ

މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ "ޔޫރޯ 2020" އާއި ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރތަކެއް މި މިނިސްޓްރީގެ ފަރާތުން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮޖެކްޓަރތައް ހޯދުމަށް ބޭނުންވެލައްވާ ކްލަބު ޖަމްއިއްޔާ ޖަމާޢަތްތަކުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން ތިރީގައި އެވާ އީމެއިލް އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

އީމެއިލް: [email protected]  

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި ޢިއުލާންކުރީމެވެ.

08 ޖޫން 2021