ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއޮފީހުން ކުރި ނަންބަރު (IUL)483/1/2021/13 އިޢުލާނާ ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިއޮފީހަށް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނުގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ގޮތަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންސް އޮފީހައަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން:
ތާރީޚް: 16 ޖޫން 2021 ވާ ބުދަ ދުވަސް
ގަޑި: 11:00
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މޫކައި ސުއިޓްސް، 8 ވަނަ ފަނގިފިލާ
މ.ސަކައިމޫ، ހަވީރީ ހިނގުން