ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރެވެމުންދިޔަ ލަންސިމޫ ދޯނި ސިޓީލާ ނީލަމުގައި ވިއްކާލުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންދިޔަ ފުލް ފައިބަރ ލަންސިމޫ ދޯނި (ރަޖިސްޓްރީ ނަމްބަރ:G6469A-02(12-B) ، މޮޑެލް ނަމްބަރ :FR2.03H5A) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.
- 1. ދޯނީގެ ނީލަން ފެށޭ އަގަކީ 150،000ރ (އެއްލައްކަ ފަންސާންސް ހާސް ރުފިޔާ) އެވެ.
- 2. މި ނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ ފަހަރަކު 15،000ރ (ފަނަރަހާސް ރުފިޔާ) އެވެ.
ވީމާ، މި އުޅަނދުތައް ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަ ކުރައްވާ މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުމަށް އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2021 ޖޫން 9 ވަނަދުވަހުގެ 08:00 ން ފެށިގެން ރަސްމީ ގަޑީގައެވެ. މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާނަމަ ރަސްމީ 3 ދުވަސް ފަހުން ނީލަން ބާތިލު ކުރެވޭނެ އެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި މިއޮފީހުގެ ނޯޓިސްބޯޑާއި އަދި މިހޮސްޕިޓަލްގެ ވެބްސައިޓުން އާންމު ކުރެވޭނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މި ހޮސްޕިޓަލުގެ އިދާރީ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. އުޅަނދު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ. ފައިސާ ދައްކަވާނީ މި ހޮސްޕިޓަލުގެ އޯ ޕީ ޑީ ކައުންޓަރަށެވެ.
ދޯނި ބައްލަވަން ބޭނުންފުޅުވާނަމަ ހދ ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ދުރުވެ ދޯނި ބައްލަވާލެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރައިގެ ނަންބަރު 6528180 / 6520013 އަށެވެ.