ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2021/144
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 16 ޖޫން 2021 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސޮފްޓުވެއާ ޑިވެލޮޕަރުން ހޯދުމަށް

އިއުލާން

ސޮފްޓުވެއާ ޑިވެލޮޕަރުން ހޯދުމަށް

މި މިނިސްޓްރީން 2021 އެޕްރީލް 25 ގައި ކުރި އިއުލާނު ނަންބަރު (IUL)475/475/2021/120  އަށް،  ކުރިމަތިލެއްވި ފަރާތްތަކުގައި ޝަރުތުހަމަނުވުމުގެ ސަބަބުން ސޮފްޓްވެއަރ ޑިވެލޮޕަރުން ހޯދަން އަލުން އިއުލާނުކުރަމެވެ. 

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދޭ މަތީތައުލީމާ ގުޅުންހުރި ޚިދުމަތްތަކާއި، އެ ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އެޕްލިކޭޝަން ލިޔެ ތަރައްގީކުރުމަށް 1 (އެކެއް) ސޮފްޓުވެއާ ޑިވެލޮޕަރުން ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 16 ގެ 11:00 ކުރިން ވަނަވަރާ އެކު [email protected] މައުލޫމާތު ފޮނުއްވުން އެދެމެވެ. ހުށަހަޅާ ލިޔުންތައް ވަނަވަރާއެކު މެއިލް ކުރަންވާނީއެއް ޕީ.ޑީ.އެފް ފައިލްގެ ގޮތުގައެވެ. އިތުރު މައުލޫމާތު ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

08 ޖޫން 2021