ބީލަން
ނަންބަރު: (IUL)LHAH-AH/LHAH/2021/14
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 24 ޖޫން 2021 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

 

23 މެއި 2021 ގައި ކުރެވުނު (IUL)LHAH-AH/LHAH/2021/11 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތާކުން އަގު ހުށަހަޅުއްވާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ 2 ވަނަ އިއުލާން

 

ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން

         ޅ. އޮޅުވެލިފުށީ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ޅ. ކުރެންދޫ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރު ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ މިމަސައްކަތަށް  ޝަވްޤުވެރިވާ  ފަރާތްތަކުން 08 ޖޫން 2021 ވާ އަންގާރަ ދުވަހުން ފެށިގެން 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި އެފަރާތުގެ މަޢްލޫމާތު މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިހޮސްޕިޓަލާއި ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒު އަދި ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގައެވެ.
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

08 ޖޫން 2021