ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު 1 ޖޫން 2021 ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާއްވާ ބައި-އިލެކްޝަންގެ އިންތިޚާބާބެހޭ ކޮމިޓީގައި މި ކައުންސިލުގެ ޢާންމު މެންބަރަކު ހިމެނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވާތީ، ބާ ކައުންސިލުގެ އާންމު މެންބަރުންގެ ތެރެއިން މި ކޮމިޓީގެ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ޢަދަދު: |
1 (އެކެއް) |
އަސާސީ ޝަރުތުތައް:
|
ނޯޓް: އިންތިޚާބާބެހޭ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެމްބަރަކު އިންތިޚާބާބެހޭ ކޮމިޓީން އިސްތިޢުފާ ދޭންޖެހޭނެއެވެ. |
ކޮމިޓީގެ މަސްއޫލިއްޔަތުތައް:
|
ގަވާއިދު ނަންބަރު: 2019/R-1055 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) އާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަންއާ ގުޅޭއެންމެހައި ކަންތައްތައް ރާވައި ހިންގުން |
އުޖޫރަ: |
މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި |
އެޕްލިކޭޝަން ހުށަހަޅާނީ 15 ޖޫން 2021 ގެ 15:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލްގެ ޒަރީޢާއިންނެވެ. (ހުރިހާ ޑޮކިއުމަންޓެއް އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައި)
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.