ދެންނެވުން
ނަންބަރު: MTCC-CS/IU/2021/244
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 18 ޖޫން 2021 13:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މިކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 20 ޖޫން 2021 ވާ ޢާދިއްތަ ދުވަހުގެ މެންދުރު 13:00 ގައެވެ.

 

2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

މިޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 19 މެއި 2021 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަން ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި 06 މެއި 2021 ގައި ވާނީ ނަންބަރު: MTCC-CS/IU/2021/0232 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  3. 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން
  4. 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން
  5. 2020 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން
  6. 2021 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
  7. ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު އަދި އިންތިޚާބު ކުރެވިފައިވާ ފަރާތްތައް އިޢުލާނު ކުރުން
  8. ޙިއްޞާދާރުން ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން
  9. ޖަލްސާ ނިންމުން

ޖަލްސާއަށް ރަޖިސްޓަރ ކުރުން

ކުންފުނީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ޙިއްޞާދާރުން 18 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

 

2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މޯލްޑިވްސް  ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީޕޯރޓަލް (www.infinity.mv) މެދުވެރިކޮށް ނުވަތަ އެޕްލިކޭޝަންފޯމް[email protected]

 އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓަރ ކުރެއްވިދާނެއެވެ.

 

އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯއެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އަދި އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ލިންކު: Annual General Meeting 2020 (mtcc.mv)

 

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ޖޫން 2021