ޢާންމު މަޢުލޫމާތު
ނަންބަރު: GS137/2021/IUL06
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 24 ޖޫން 2021 12:00
ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
2022-2021 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

2022-2021 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

 

 2021-2022  ވަނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލުތަކާއި އެއްގޮތަށެވެ.

އިތުރު ބަޔާން

2021 ވަނަ އަހަރު ދަރިވަރުން  ވައްދާ ޢުމުރު ފުރާ

ގްރޭޑް

ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި  ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ  ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ  އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް  އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ. 

 

މީގެ އިތުރުން ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު  ފުރޭ ދަރިވަރުންނަށް ވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ .

2021 ޑިސެންބަރު 31 އަށް  5 އަހަރު ފުރޭ ދަރިވަރުން

އެލް. ކޭ. ޖީ

2021 އޮގަސްޓު 1 އަށް 5 އަހަރު ފުރޭ ދަރިވަރުން، މިހާރު  މިހިނގާ ދިރާސީ އަހަރުގެ 2ވަނަ ޓާރމުގައި، 6 މަސްދުވަހުގެ  ޚާއްޞަ ޕްރޮގްރާމު ގައި ބައިވެރިވެފައިވާ ދަރިވަރުން، 2021-  2022 ވަނައަހަރުގެ ދިރާސީ އަހަރުގައި ޔޫ.ކޭ.ޖީ އަށް  ވައްދަންވާނެއެވެ.

 

-އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި  ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ  ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ  އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް  ޔޫ.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

2021 ޑިސެންބަރު 31 އަށް  6 އަހަރު ފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

-ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި  ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ  ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ  އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް  1 ން ޖާގަ ލިބޭނެއެވެ.

2021 ޑިސެންބަރު 31 އަށް  7 އަހަރު ފުރޭ ދަރިވަރުން

ގްރޭޑް 1

 

      ވީމާ، ދަރިވަރުން ވައްދަށް އެދިލައްވާ ފަރާތްތަކުން 2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ސްކޫލު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 ޖޫން 08 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް ސްކޫލު އޮފީހުގައެވެ.

 

26 ޝައްވާލް 1442

07 ޖޫން 2021

07 ޖޫން 2021