ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2021/20
އިޢުލާން
މިހޮސްޕިޓަލަށް ފޮޓޯކޮޕީ މެޝިންއެއް ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ.
މިހޮސްޕިޓަލަށް ފޮޓޯކޮޕީ މެޝިންއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރި އިޢުލާން ނަންބަރު (IUL)ASMH-Procure/ASMH/2021/16 ބާޠިލްކުރެވިފައިވާތީ، ފޮޓޯކޮޕީ މެޝިންއެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރައްވަންވާނެއެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 08 ޖޫން 2021 އިން 13 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:30 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބް ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބް ހުށަހެޅުން: 16 ޖޫން 2021، ހެނދުނު 10:30 އަށް
ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
07 ޖޫން 2021
އަހުމަދު ސަޢީދު
މެނޭޖަރ