ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2021/27
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 13 ޖޫން 2021 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ްްޤަބުރުސްތާން ސާފްކުރުން

ޤަބުރުސްތާން ސާފްކުރުން:

                  މިރަށު ޤަބުރުސްތާން ސާފް ކުރުމަށްޓަކައި،  މިސަރަހައްދުގައި ބޯވެފައިވާ ވިނަތައް ނޮޅައި އަދި ގަސްތައް ނަގައި މިކައުންސިލުން އަންގާ ގޮތެއްގެ މަތިން މިސަރަޙައްދު ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވަނީ 5000 (ފަސްހާސް ރުފިޔާ ) އެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2021ވާ އާދިއްތަ ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

  • އެސްޓިމޭޓްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް:

މާކުސްދެވޭ ކުރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްސީލް

ފޯމިއުލަރ

އަގު

%90

v      މަސައްކަތުގެ އަގައްދޭ މާކްސް:

 

v     މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

 10%

v            ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް:

 

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ.

 

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖޫން 2021