ނީލަން
ނަންބަރު: (IUL)468-LID/468/2021/112
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 10 ޖޫން 2021 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ފުވައްމުލަކު މާދަޑު ފީނދިފަންނުމަގު ސީދާކުރުމަށް ހަމަޖެހިފައިވާ ބަޔަށް އަރާގޮތަށް އެމަގުގެ ހުޅަގުން އޮތް ބިމުގައި އުފުރާލެވިފައިވާ ތިރީގައި މިދަންނަވާ ރުއްގަހުގެ  ނީލަން ކިޔުން 2021 ޖޫން 10 ވާ ބުރާސްފަތި ދުވަހު ހެދުނު 9:00 ގައި އެމަގުގައި އޮންނާނެއެވެ.

  • ނަންބަރު 2، 3 ޖަހާފައިވާ ނުފޯދޭ ދިވެހިރުއްތައް
  • ނަންބަރު 4، 6، 7، 8 ޖަހާފައިވާ ފޯދުނު ދިވެހިރުއްތައް 
  • ނަންބަރު 1 ޖަހާފައިވާ ފުނަގަސް
  •  ފިތުރޯނުގަސްތައް

ނީލަމުން މިރުއްގަސް ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކުމަށްފަހު ރުއްގަހުގެ ބައިތަކާއެކު 03 ދުވަހުގެތެރޭ އެތަނުން ނަންގަވަން ވާނެއެވެ.

މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

07 ޖޫން 2021