ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2021/26
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި:
15 ޖޫން 2021 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތު (ވޭސްޓްމެނޭޖްމެންޓް ސެންޓަރ)
އިޢުލާން
މި އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
-
މަޤާމް: މަސައްކަތު
-
ބޭނުންވާ ޢަދަދު: 01 (އެކެއް)
-
މުސާރައާއި އެލަވަންސް މަހަކު: -/6500 (ހަހާސް ފައްސަތޭކަ ރުފިޔާ)
-
ފެންވަރު ނުވަތަ ސަރުތު: އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި އެކު ޢުމުރުން 18 އަހަރާ ، 60 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ފުރިހަމަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުމާއި ، އަދި ގިނަވަޤުތު ހީވާގި ކަމާއި އެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން.
-
ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ކުނިކޮށީގައި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން .
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ވީމާ ، މިމަޤާމަށް ޝައުޤުވެރިވާ ފަރާތް ތަކުން 2021 ޖޫން 15 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ މެއިލް [email protected] އަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހުށައަޅަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
07 ޖޫން 2021