ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)226-H/PRIV/2021/13
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 15 ޖޫން 2021 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެމެރާ ޕެކޭޖެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ހދ. އަތޮޅު ކައުންސިލަށް އަންނަނިވި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1. ކެމެރާ ޕެކޭޖް (ޑީ.އެސް.އެލް.އާރް ކެމެރާ، ލެންސް، ފްލޭޝް)

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 03 ޖޫން 2021 ން ފެށިގެން 13 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް އޮންލައިންކޮށެވެ. ބީލަމުގައި، ރަޖިސްޓްރީ ވުމަށްhttps://www.haadhaal.gov.mv/bid-register  ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައި ގަންނަވާނެއެވެ.

3- ބީލަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާ ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  6521638، 6521637 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 15 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

   އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

   ފޯން: 6521638 ، 6521637

06 ޖޫން 2021