ދިވެހިރާއްޖެ
އިޢުލާން – އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓްގެ ނަން: ކުމުންދޫ ޞިއްޙީ މަރުކަޒުގައި ކުރަންވެފައިހުރި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން |
ހދ.ކުމުންދޫ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)KRH/PLD/2021/32 (18 އޭޕްރީލް 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލް ކޮށްފީމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚް ތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމަށް ނުވަތަ ކުމުންދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތޫ ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- § މަޢުލޫމާތު ސާފުކުރުން
15 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި
- § އަންދާސީ ހިސާބު ހުށަހެޅުން
24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.