ކުއްޔަށް ދިނުން
ނަންބަރު: (IUL)318-PRO/318/2021/22
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 10 ޖޫން 2021 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ މެހުމާނީހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ބ. ދަރަވަންދޫ މެހުމާނީހިޔާގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ރަސްގެ އޮޑި މާލަމުގައެވެ.

މަޢުލޫމާތު ދިނުން

2021 ޖޫން 10 ވާ ބުރާސްފަތި ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2021 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 13:00

 

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ކައުންސިލްގެ އިދާރާގެ ނަންބަރު: 6600002 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

02 ޖޫން 2021