ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2021/24
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 09 ޖޫން 2021 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމު ތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.   

 

މަޤާމް:

ޖޫނިޔަރ އޮފިސަރ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

މަހު މުސާރަ:

8،000 އާއި 9،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން – ހިއުމަން ރިސޯސަސް

މަސައްކަތުގެ ބާވަތް:

-        ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ކުންފުނީގެ ސިޔާސަތާ އެއްގޮތަށް ހޯދުމަށާއި ޕާފޯމަންސް އެޕްރައިސަލް ކުރިޔަށްގެންދިޔުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.

-        ހިއުމަން ރިސޯސް ސެކްސަންގެ ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

-        މިކަންކަމުގެ އިތުރުން ހިއުމަން ރިސޯސްއާއި ގުޅުންހުރި މަސައްކަތްތަކާއި، ކުންފުނީގެ މެނޭޖްމަންޓްއިން ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރިސޯސްގެ އެހީތެރެރިކަން ބޭނުންވާ މަސައްކަތްތައް ކުރުން.

 

މަޤާމް:

ޖޫނިޔަރ އޮފިސަރ

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

މަހު މުސާރަ:

8،000 އާއި 9،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ސޭލްސް އެންޑް މާކެޓިންގ

މަސައްކަތުގެ ބާވަތް:

-        ކަސްޓަމަރުންގެ ފޯން ކޯލްތަކާއި ދިމަވާ މައްސަލަތަކަށް ޖަވާބުދީ ސޭލްސް އޯޑަރުތައް ނެގުން

-        ލޮޖިސްޓީކްސް ޑިޕާޓްމަންޓާއި މުޢާމަލާތްކޮށް ކުންފުނީގެ ތެޔޮ ޑެލިވަރީތައް ތާވާލުކުރުން

-        ސޭލްސް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 09 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ (http://fuelmaldives.com/Home/Downloads.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

05 ޖޫން 2021