ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2021/64
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 17 ޖޫން 2021 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯމަސްވިއްކާ ފަރާތްތަކަށް ގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ.

މާލޭ އުތުރު ފަރާތު ލޯކަލްމާރުކޭޓް ސަރަހައްދުން ރޯމަސްގަނެ ވިއްކާ ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ 11 ގޮޅީގެ މުއްދަ ހަމަވާތީ،އެގޮޅިތައް އަލުން ކުއްޔަށް ދޫކުރާގޮތަށް މާލޭ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރަސްމީ އާންމު ޖަލްސާއިން ނިންމާފައިވާތީ އެކަމަށް އެދޭފަރާތްތަކަށް އެފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

              އެސަރަހައްދުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން  10 ޖޫން 2021 ން ފެށިގެން 17 ޖޫން 2021 ގެ ނިޔަލަށް ،މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv އިން އެކަމަށް އެދޭ ފޯމް ނަންގަވާ މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ  ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ދަތުރުވެރިންގެ މާރުކޭޓް އޮފީހުންނެވެ.

              ވީމާ،މަސްވެރިން އަތުން މަސްގަނެ ވިއްކާ ފަރާތްތަކުން  އެކަމަށް އެދި  ފޯމް ހުށަހަޅުއްވަމުން ގެންދެވުމަށް  އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

05 ޖޫން 2021