ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-A1/142/2021/80
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 08 ޖޫން 2021 16:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އައިޓީ އިކުއިޕްމަންޓް އަދި ޕްރިންޓަރ ސަޕްލައިކުރުން

އިޢުލާން

އައިޓީ އިކުއިޕްމަންޓް އަދި ޕްރިންޓަރ ސަޕްލައިކުރުން

މި މިނިސްޓްރީއަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓް އަދި ޕްރިންޓަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 08 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 13 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                22 ޝައްވާލް 1442

03 ޖޫން 2021