ބީލަން
ނަންބަރު: 276-A/2021/99
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 21:40
ސުންގަޑި: 21 ޖޫން 2021 00:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގެ ޙިދުމަތަށް ޕިކަޕެއް ހޯދުމާއިބެހޭ

ކުނިމެނޭޖްކުރުމުގެ ޙިދުމަތަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، 1.5 ޓަނުގެ އާދާގެ ޕިކަޕެއް މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.  

                 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާއަށްދުރުވެ މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ. އަދި ދަންނަވަމެ، މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑް އަދި ކުންފުނި ނުވަތަ ފިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި ވަޑާގަންނަވާއިރު ވެރިފަރާތުގެ ސިޓީ ހުށައެޅުމަށްވެސް ދަންނަވަމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

03 ޖޫން 2021