ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-HR/167/2021/44
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 17:59
ސުންގަޑި: 09 ޖޫން 2021 12:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

                        އިޢުލާން

 

މި ސަރވިސްގެ ތިރީގައި ދަންނަވާފައިވާ މަޤާމަށް މުވައްޒަފަކު ނެގުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ސޮފްޓްވިއަރ ޑިވޮލޮޕާ

 

ރޭންކް:

އައި.ޓީ 4

 

ކްލެސިފިކޭޝަން:

މެނޭޖީރިއަލް ޕްރިފެޝަނަލް ސިވިލް އޮފިސަރސް

 

މުސާރަ:

މަހަކު -/11,190 ރުފިޔާ

 

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް އެލަވްންސް:

މަހަކު  -/3,500 ރުފޔާ

މަހަކު  5,035/50 ރުފިޔާ

 

ބޭނުންވާ އަދަދު:

01

 

މަސައްކަތް ކުރަންޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމުގެ ޤިންތި:

ދާއިމީ

 

ފެންވަރު ނުވަތަ ޝަރުތު:        

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ އިން ނުވަތަ ސޮފްޓްވެއަރ ޑިޒައިނިންގ އިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން. ނުވަތަ ސޮފްޓްވެއަރ ޑިޒައިން ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ވޭތުވެދިޔަ 02 އަހަރު ތެރޭގައި މަޤާމާއި ގުޅޭ މަސައްކަތް ކޮށްފައިވާ މީހެއްކަމުގައި ވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން،

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ސަރވިސްގެ ސިސްޓަމް ތައް ތަރައްޤީ ކުރުމާއި އަދި ތަރައްޤީ ކުރުމަށް ބޭނުންވާނެ ކަންކަން ދެނެގަތުމާއި އެކު ސޮފްޓްވެއަރ ގެ ޑޮކިއުމެންޓޭޝަން ރަނގަޅަށް ބެލެހެއްޓުން.
  • ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަސައްކަތްތަކަށް ދަތި ނުވާނެ ހެން މައްސަލަތައް ހައްލު ކުރުމާއި ކަންކަން ރަނގަޅު ކުރުމުގައި އެކުގައި މަސައްކަތް ކުރުން.
  • ސޮފްޓްވެއަރ އަށް ބޭނުންވާނެ ބައިތައް ތައްޔާރު ކުރުމާއި ތަރައްޤީ ކުރުމާއި އިމްޕްލެމެންޓް ކުރުން.
  • މި ސަރވިސްއަށް ބޭނުންވާ ޢޭ.ޕީ.އައި އަދި އެހެނިހެން ޚިދުމަތްތަށް ތަރައްޤީ ކުރުން.
  • މި ސަރވިސްގެ މައި ވެބްސައިޓާއި އެހެނިހެން އޮންލައިން ސަރވިސް އަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ބެލެހެއްޓުން.
  • އައި.ޓީ ޑިވިޝަންގެ ހެޑް އަދި މެނޭޖްމަންޓްއިން ހަވާލު ކުރާ އެކިއެކި ޓާސްކްތައް ނިންމުން.
  • އައި.ޓީ ޑިވިޝަންއަށް ބޭނުންވާ ކުރިއެރުންތައް ހޯދުމުގައި ފުރިހަމައަށް އެއްބާރު ލުން ދިނުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

މަސައްކަތާއި ގުޅޭ ތަޖުރިބާ. (އިތުރު ތަފްސީލް ހިމެނޭ ޝީޓެއް އިޢުލާންގެ ފަހަތުގައި އެޓޭޗް ކުރެވިފައިވާނެއެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދޭ ފޯމް ( މިސަރވިސްގެ ގެ ވެބްސައިޓް www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

-  މަޤާމާއި ގުޅޭ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 2021 ޖޫން 09 ބުދަ ދުވަހުގެ 12:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  %50 ( ފަންސާސް އިންސައްތަ)

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9112451 ނަންބަރު ފޯނަށެވެ. އަދި މެއިލް ކުރައްވާނީ [email protected]  އަށެވެ. ( މަޤާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް އިޢުލާންގެ ފަހަތުގައި އެޓޭޗްކުރެވިފައިވާނެއެވެ.)

 

 

(ފޯމާއެކު މެއިލް ކުރައްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ.)

 

           

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

03 ޖޫން 2021