ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2021/54
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި: 13 ޖޫން 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިޔަރ އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

 ރުފިޔާ-/6,100 މަހަކު  

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

-އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-އިންފޮމޭޝަން ޓެކްނޮލަޖޯ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު އަދި

- އިންފޮމޭޝަން ޓެކްނޮލަޖީ ސަޕޯޓްދިނުމުގައި 03 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-އިންފޮމޭޝަން ޓެކްނޮލަޖީ އާއި ގުޅޭ ދާއިރާއަކުންސެޓްފިކޭޓް އަދި ޓްރައިނިންގ ހާސިލް ކޮއްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް އައިޓީ ސަޕޯޓް ދިނުމާއި އަދި އައިޓީސަޕޯޓް ސާވިސްމެނޭޖްކުރުމުގައި އެހީތެރިވެދިނުން.

-އައިޓީ އިކުއިޕްމަންޓް ރިޕެއަރކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމާއި ސޮފްޓްވެއަރ އިންސްޓޯލްކޮށް ކޮންފިގަރކޮށް ޓެސްޓްކޮށް ބެލެހެއްޓުން

-ކުންފުނީގެ ބޭނުންތަކަށް ހޯދޭ އައިޓީއިކްއިޕްމަންޓް އިވަލުއޭޓްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 އިންފޮމޭޝަން ޓެކްނޮލޮޖީ / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 ޖޫން 13 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖޫން 15 އާއި 2021 ޖޫން 30 ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

03 ޖޫން 2021