ދިވެހިރާއްޖެ
މާލޭ އުތުރު ފަރާތު މަސްމާރުކޭޓް ކުރިމަތި ފަޅުތެރެއިން ކަނޑައެޅޭ ޚާއްޞަ ސަރަހައްދަކުން ، މަސްގަނެ ވިއްކާ ފަރާތްތަކުގެ އުޅަނދު ފަހަރަށް ފައްތިޔާ ދޫކުރާގޮތަށް މާލޭ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ. މިނިންމެވުމާ ގުޅިގެން އެސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 06 ފައްތިޔާއެވެ.
ވީމާ، އެސަރަހައްދުން ފައްތިޔަލަށް އެދޭ ފަރާތްތަކުން 03 ޖޫން 2021 ން ފެށިގެން 08 ޖޫން 2021 ގެ ނިޔަލަށް ،މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv އިން ފައްތިޔަލަށް އެދޭ ފޯމް ނަންގަވާ މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ފޯމް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:30 އަށް ދަތުރުވެރިންގެ މާރުކޭޓް އޮފީހުންނެވެ. ވީމާ،މާލޭ ފަޅުން މަސްވެރިއުޅަނދު ފަހަރަށް ޚާއްޞަކޮށްފައިވާ ސަރަހައްދުގައި މަސްގަނެވިއްކާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅުއްވަމުން ގެންދެވުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.