ޢާންމު މަޢުލޫމާތު
ނަންބަރު: GS117/IUL/2021/12
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 17 ޖޫން 2021 13:00
މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
2022-2021 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

 

 

 

 

މަގޫދޫ ސުކޫލް

ނ.މަގޫދޫ / ދިވެހިރާއްޖެ               

ނަންބަރު: GS117/IUL/2021/12

 

2022-2021 ވަނަ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

 

2021-2022 ވަނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، ދަރިވަރުން ވައްދަށް އެދިލައްވާ ފަރާތްތަކުން 2021 ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ސުކޫލް އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 ޖޫން 06 ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ސުކޫލް އޮފީހުގައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން ސުކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލުތަކާއި އެއްގޮތަށެވެ.

 

1-  2022-2021 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް އެލް.ކޭ.ޖީން ޖާގަ ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަކޮށްފައިނުވާ، އަލަށް ސުކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 01 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށްވެސް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

 

2-  2022-2021 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ  ޔޫ.ކޭ.ޖީ އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ދަރިވަރުން، މިހާރު މިހިނގާ ދިރާސީ އަހަރުގެ 2 ވަނަ ޓާމުގައި ، 6 މަސް ދުވަހުގެ ޙާއްސަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ބެލެނިވެރިން ބޭނުންވާނަމަ 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ޔޫ.ކޭ.ޖީ އިން ޖާގަ ދެވޭނެއެވެ. ހަމަ އެހެންމެ އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް ޔޫ.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

 

 

3- 2022-2021 ވަނަ އަހަރު ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެމްބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ އަމައަށް) 7 އަހަރު ފުރޭ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ ގްރޭޑް 1 އިން ޖާގަ ލިބޭނެއެވެ. 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ސްކޫލްގެ ފޯން ނަންބަރ: 6560577 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

22 ޝައްވާލް 1442

03 ޖޫން 2021

03 ޖޫން 2021